
ނޫ ރާއްޖެ
ޓީމް
ނޫ ރާއްޖެ ޓީމަކީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ވެއިޓް އިންސްޓިޓިއުޓްގެ ބައިނަލްއަގްވާމީ އެއްބާރުލުމާއެކު ރާއްޖޭގައި މަސައްކަތްކުރާ ޓީމެކެވެ. އަޅުގަނޑުމެންގެ މި ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ހިމެނޭގޮތަށް، އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ މުވައްޒަފުންނާ ގުޅިގެން، ދިވެހި ސަރުކާރުން އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ. އަޅުގަނޑުމެންގެ ޕްރޮގްރާމަކީ ގިނަފަރާތްތަކެއްގެ ބައިވެރިވުމާއިއެކު ކުރިއަށްގެންދެވޭ ޕްރޮގްރާމަކަަަށްވާއިރު، މިއީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކަނޑުފަޅުގެ ދުޅަހެޔޮކަން ދެމެހެެއްޓުމަށްޓަކައި ވަށާޖެހޭ ޕްލޭނެއް އެކުލަވާލުމަށް، ރާއްޖޭގެ އަދި ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކާއި، ކަނޑުފަޅުގެ މަސްލަހަތުވެރިންނާއި އާއްމު ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރާ ޕްރޮގްރާމެކެވެ.
ޕްރޮގްރާމް
އޯވަސައިޓް
ރައީސް އޮފީސް
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް، އެންޑް އެގްރިކަލްޗާރ
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްމޮލޮޖީ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗާރ
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ނޫ ރާއްޖެ
ލީޑަރޝިޕް
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާރ، ޑރ. ހުސައިން ރަޝީދު ހަސަން
ސެކްރެޓަރީ، ފޮރީން ރިލޭޝަންސް، ރައީސް އޮފީސް، ސަބްރާ ނޫރައްދީން
އެކްސެކެޓިވް ޑިރެކްޓަރ، ވެއިޓް އިންސްޓިޓިއުޓް، ޑރ. ކެތެރީން މޭންޖެރިންކް
ބްލޫ ޕްރޮސްޕެރިޓީ
ޕާރޓްނަރުން
ނޫ ރާއްޖެ
ޕްރޮގްރާމް ސްޓާާފް
_JPG.jpg)
ފާޠިމަތު ނިސްތަރަަން
ސައިޓް މެނޭޖަރ
ފާޠިމަތު "ނިސްތު" ނިސްތަރަންއަކީ ކަނޑުގެ ހުރިހާ ކަމަކަށްވެސް ޝައުގުވެރިކަން ހުންނަ އަދި ވަކިން ހާއްސަކޮށް ހިމާޔަތްކޮށްފަ ހުންނަ ސަރަހައްދުތައް މެނޭޖްކުރުން އަދި މެރިން ސްޕޭޝަލް ޕލޭނިންގް އަށް ޝައުގުވެރިކަން ހުންނަ ފަރާތެކެވެ. 2014 އިން ފެށިގެން ނިސްތު ވަނީ ޔޫއެސް އެއިޑް ފަންޑްކޮށްގެން އައި.ޔޫ.ސީ.އެން އަދި ދިވެހި ސަރުކާރު ގުޅިގެން ދިވެހި ރާއްޖޭގެ ފަރުތައް މެޕް ކުރުމަށް ހިންގާ ޕްރޮޖެކްޓް ރީޖެނެރޭޓްގައި މަސައްކަތްކޮށްފައެވެ. މީގެ ކުރިން ނިސްތު ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ބެޗަލަރ އޮފް އެންވަޔަރަމަންޓް މެނޭޖްމަންޓްގައި ލެކްޗަރަރއެއްގެ ރޯލް އަދާ ކުރުމުގެ އިތުރުން އިޓަލީގެ ޔުނިވާސިޓީ އޮފް މިލާނޯ-ބިކޯކާގައި އެރާސްމަސް+ ފެލޯޝިޕްއެއްގެ ދަށުން ވިސިޓިންގް ލެކްކަޗަރައެއްގެ ރޯލް އަދާ ކޮށްފައެވެ. ނިސްތު އަކީ ޖިއޯގްރަފިކް އިންފޮމޭޝަން ސިސްޓަމްސް (ޖީ.އައި.އެސް) އަދި މެރިން ސްޕޭޝަލް ޕްލޭނިންގްގެ ނުހަނުު ތަޖުރިބާ ހުރި ފަރާތެކެވެ.
ނިސްތު ވަނީ ރަސްދޫ-މަޑިވަރު ހިމާޔާތް ކޮށްފައިވާ ސަރަހައްދު އެކުލަވާލުމުގައި ސަރުކާރާ އެކީ މަސައްކަތްކޮށް ރާއްޖޭގެ ބައޮސްފިއަރ ރިސާވް ޕްލޭންއެއް އެކުލަވާލާ ސަރުކާރުގެ އެކި އެކި މުއައްސަސާތަކާ ގުޅިގެން ނޭޝަނަލް ޖީ.އައި.އެސް ޑޭޓާބޭސްއަށް ސްޕޭޝަލް މައުލޫމާތު އެއްކޮށްފައެވެ. ނިސްތު ވަނީ އޮސްޓްރޭލިއާގެ ބޮންޑް ޔުނިވާސިޓީއިން ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާކުރުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށް މެލޭޝިއާގެ އޭޝިއާ ޕެސިފިކް d.އިންސްޓިޓިއުުޓް ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއިން ކޮމްޕިއުޓަރ ސައިންސްއިން ބެޗަލާރސް ޑިގްރީ ފުރިހަމަކޮށްފައެވެ
މޫސާ ޒަމީރް ހަސަން
ޕްރޮޖެކްޓް ކޯޑިނޭޓަރ
ސިވިލް ސާރވިސްގައި އެތަށް އަހަރެއްގެ ތަޖުރިބާއާއެކު، މޫސަ އަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަން، ސްޓްރެޓީޖިކް ޕްލޭނިންގް، ޓޫރިޒަމް ކުރިއެރުވުން އަދި ތިމާވެށި މެނޭޖްކުރުމުގެ ތަޖުރިބާ ހުރި ފަރާތެކެވެ.
މޫސަ ވަނީ އާބަން އެންޑް ރީޖަނަލް ޕްލޭނިންގްގެ ދާއިރާއިން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން މާސްޓަރސް ޑީގްރީ ހާސިލް ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ޔޫކޭގެ ބްރިސްޓޮލް ޔުނިވާސިޓީއިން ތިމާވެށީގެ ސައިންސްގެ ރޮގުން ބެޗަލަރސް ޑިގްރީ ހާސިލްކޮށްފައެވެ.
އޭނާ އަކީ ސަރުކާރުގެ އެކި މުއައްސަސާތައް އަދި އެކި އިޖްތިމާއީ ޖަމިއްޔާތަކާއެކު މަސްއްކަތް ކުރުމުގެ، އަދި ރާއްޖޭގައި ދެމެހެއްޓެނިވި ޓޫރިޒަމް، ކްލައިމެޓް ޗޭންޖް އަދި ބަޔޯޑައިވަސިޓީ ހިމާޔަތްކުރުުމުގެ ތަޖުރިބާ ހުރި ފަރާތެކެވެ.
މޫސައަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކަަށް ނުވަތަ ކްލައިމެންޓް ޗާންޖަށާއި، ބަޔޯޑައިވާސިޓީ ހިމާޔަތްކުރުމަށް އަދި އެންވައިރަމަންޓަލް އެޑިއުކޭޝަން އަދި އެސެސްމެންޓްތައް ހެދުމަށް ސަރުކާރާއި މަދަނީ ޖަމުޢިްޔަ dޖަމާއަތްތަކާއެއްކޮށް މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތެކެވެ.


މައީޝާ މުހައްމަދު
ސައިންސް އެންޑް ކޮމިއުނިކޭޝަންސް ލިއޭޒަން
އެންވަޔަރަންމަންޓަލް މެނޭޖްމަންޓާއި މެރިން ކޮންޒަވޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މައީޝާ އަކީ 2014 ވަނަ އަހަރު ޔުނިވާސިޓީން ޑިގްރީ ހާސިލްކުރި ފަހުން އެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. މައީޝާ ވަނީ މޯލްޑިވސް ވޭލް ޝާކް ރިސާރޗް ޕްރޮގްރާމް އަދި އައި.ޔޫ.ސީ.އެން މޯލްޑިވްސް ކަހަލަ ޖަމިއްޔާތަކުގައި އިންޓާންއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
ނޫ ރާއްޖެއާއެކު މަސައްކަތް ކުރަން ފެށުމުގެ ކުރިން މައީޝާ ވަނީ މަންޓާ ޓްރަސްޓްގައި ތ. އަދި ލ. އަތޮޅުގައި އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖަރުގެ ރޯލް އަދާކޮޮށް، މައީޝާއަށް އެންމެ ކަމުދާ ކަނޑުގެ ދިރުން ކަމުގައިވާ އެން މަޑި އާއި އެތަކެތީގެ މާހައުލު ރައްކާތެރިކުރުމަށް ދިރާސާކޮށް، އެކަމާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ، އެކި ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތައް ހިންގާފައެވެ.
މީގެ އިތުރުން، މައީޝާ މުރަކަ ފަރުތަށް ދިރާސާކުރުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރެއެވެ. މިގޮތުން އޭނާ ވަނީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީއިން ހިންގި ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގައި ލިޔޭސަން އޮފިސަރެއްގެ އަދި ކޮރަލް ކޮމްޕޯނެންޓް ކޯޑިނޭޓަރެއްގެ މަގާމު އަދާކޮށްފައެވެ. އެތަނުގައި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާއި އެހެނިހެން ސްޓޭކްހޯލްޑަރުންނާ ގުޅިގެން ނޭޝަނަލް ކޮރަލް ރީފް މޮނިޓަރިން ފްރޭމްވޯކް (އެން.ސީ.އާރު.އެމް.އެފް) އަށް ކޮރަލް ރީފް މޮނިޓަރިން ޕްރޮޓޮކޯލްތައް ސްޓޭންޑަޑައިޒް ކުރުމަށް ވަރަށް ގާތުން މަސައްކަތް ކުރެއްވި އެވެ. މި ދުވަސްވަރު އެން.ސީ.އާރު.އެމް.އެފް އާއި ކޮރަލްޑޭޓާބޭސް މެއިންސްޓްރީމް ކުރުމަށް އެހީތެރިވުމަށް ޕޮލިސީ ބްރީފްތައް އެކުލަވާލުމުގެ މަސައްކަތްވެސް ކުރެއްވިއެވެ.
ޑރ. ޝައިސްތާ މުހައްމަދު
ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ސްޓްރެޓެޖިސްޓް
ޝައިސްތާ އަކީ ނޫ ރާއްޖެ ޕްރޮގްރާމްގެ ސްޓޭކްހޯލްޑާރ އެންގޭޖްމަންޓް ސްޓްރެޓެޖިސްޓެވެ. ޝައިސްތާ ދަނީ ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭންއެކުލަަވައިލުމުގެ މަސައްކަތުގައި މަސްލަހަތުވެރިންގެ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ސްޓްރެޓެޖީއެއް އެކުލަވާލައި ތަންފީޒުކުރުމުގެ އިތުރުން، މި މަސައްކަތައް ބޭނުންވާ އެކިކަހަލަ އައުޓްރީޗް މެޓީރިއަލް ތައްޔާރުކުރުމުގައި ޓީމަށް އެހީތެރިވަމުންނެވެ. ކަނޑުފަޅު ބޭނުންކުރާ ފަރާތްތަކުގެ ބޭނުންތަކާއި، ކަންބޮޑުވުންތައް ދެނެގަތުމާއި، ދިގުމުއްދަތުގެ ރޭވުންތަކުގެ ސަބަބުން ތިމާވެއްޓަށާއި، އިޤްތިޞާދީގޮތުން އަދި އިޖުތިމާޢީގޮތުން ލިބިދޭ މަންފާތައް އެންމެ ފުރިހަމައަށް ހޯދުމަށްޓަކައި ރައްޔިތުން ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތަކީ ޝައިސްތާގެ ހާއްސަ ޝައުޤުވެރިކަމެއް ހުންނަ ދާއިރާއެކެވެ.
ޝައިސްތާއަކީ ސޯޝަލް އިންފްލުއެންސް، ލީޑަރޝިޕް އަދި ސޯޝަލް ޗޭންޖްގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލްކޮށް ސޯޝަލް ސައިކޮލޮޖީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. 2017 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ސަސްޓެއިނަބިލިޓީ ކޮންސަލްޓަންޓްއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ޝައިސްތާއަކީ މަސްލަހަތުވެރިންނާއި ގުޅިގެން މަސައްކަތްކުރުމާއި، މުޖުތަމައުގެ ޝަކުވާ (ކޮމިއުނިޓީ ގްރީވެންސް) މެނޭޖްކުރުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްޤީގެ އެކި އެކި މަޝްރޫއުތަކުގެ ސޯޝަލް ކޮމްޕްލަޔަންސް ކޯޑިނޭޓްކޮށް ބެލެހެެއްޓުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. މީގެ އިތުރުން، 2021 ވަނަ އަހަރު ނޫ ރާއްޖެ ޕްރޮގްރާމަށް، ރާއްޖެއާއި ގުޅޭ މެރިން ސްޕޭޝަލް ޕްލޭނިންގ ޓާގެޓްތަކުގެ ކޮމްޕެންޑިއަމްއެއް އެކުލަވާލާފައިވެއެވެ. މިއީ ކަނޑުފަޅު ބޭނުންކުރާގޮތުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތުގެ އުސޫލުތަކާއި، ލަނޑުދަނޑިތަކާއި، މަޤްޞަދުތައް ކަނޑައެޅުމުގައި ބޭނުންކުރެވޭ ޑޮކިއުމެންޓްއެކެވެ.


ނަޝްފާ ނާޝިދު
އެސިސްޓެންޓް އޯޝަން ޔޫސް ސާރވޭ ކޯޑިނޭޓަރ
ނަޝްފާ މަސައްކަތް ކުރަނީ ނޫ ރާއްޖޭގެ އޯޝަން ޔޫސް ސާރވޭގެ މަސައްކަތުގައި ޓީމުގެ އެހެން ފަރާތްތަކާއި ވަރަށް ގާތުންނެވެ. ނަޝްފާ ވަނީ ޔުނިވާސިޓީ އޮފް ނޮޓިންހަމްއިން ގްރެޖުއޭޓްވުމަށްފަހު، ތިމާވެށީގެ ކޮންސަލްޓެންސީ ފާމެއް ކަމަށްވާ ވޯޓާ ސޮލިއުޝަންސް މޯލްޑިވްސްގައި 2 އަހަރު މަސައްކަތްކޮށް، ތިމާވެށީގެ ރިޕޯޓްތަކުގެ ސާވޭތައް ކުރިއަށް ގެންދިއުމުގެ މަސައްކަތްކޮށްފައެވެ. އަދި ފެނަކައިގައި އެންވަޔަރަމަންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި އިތުރު 2 އަހަރު ހޭދަކޮއްފައި ވާއިރު މައިގަނޑު ގޮތެއްގައި ނަޝްފާ ވަނީ ފެނަކައިގެ ޕަވަރހައުސް ބަދަލުކުރުމުގެ މަޝްރޫއުތަކުގެ ތިމާވެއްޓައް އަސަރުފޯރާ މިންވަރު ވަޒަންކުރުމުގެ މަސައްކަތްތައް ކޮއްފައިއެވެ. އެ މުއްދަތުގެ ތެރޭގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާރގައި ޖީ.އައި.އެސް އަދި މޯލްޑިވްސް ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގެ ޑޭޓާ އެނަލިސްޓެއްގެ ގޮތުގައިވެސް މަސައްކަތް ކޮއްފައިވެއެވެ.
ނަޝްފާ އަކީ ޔުނިވާސިޓީ އޮފް ނޮޓިންހަމް އިން އެންވަޔަރަންމަންޓަލް ސައިންސްގެ ދާއިރާއިން ބެޗެލަރ އޮފް ސައިންސް ހާސިލްކުރައްވާފައިވާ ފަރާތެކެވެ. އަދި ސްޕޭޝަލް ސައިންސާއި މެޕިންގެ އިތުރުން ޑޭޓާ ވިޝުއަލައިޒޭޝަނަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ފަރާތެއްވެސްމެއެވެ.
ރޮބިން ރަމްދީން
ޕްރޮގްރާމް ޑިރެކްޓަރ
ކެރިބަޔަން އަށް ނިސްބަތްވާ ރޮބިންއަކީ ދިވެހި ރާއްޖޭގެ ޕްރޮގްރާމް ޑިރެކްޓަރގެ އިތުރުން ބާބިޔުޑާ އަދި މޮންޓްސެރާޓްގެ ސައިޓް މެނޭޖަރވެސްމެއެވެ. ރޮބިންގެ މައިގަނޑު މަސައްކަތަކީ ސަރުކާރުތަކާއެކު އޮންނަ ގުޅުން ދެމެހެއްޓުމާއި، އެކި އެކި ފަރާތްތަކާ ގުޅިގެން ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމާއި އަދި މެރިން ސްޕޭޝަލް ޕްލޭނިންގގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.
ވެއިޓް އިންސްޓިޓިއުޓްއާ އެއްކޮށް މަސައްކަތް ކުރުމުގެ ކުރިން ރޮބިން ވަނީ ގްރެނާޑާގެ ހިމާޔަތްކުރިވިފައިވާ ކަނޑުގެ ސަރަހައްދެއްގައި މެނޭޖްމެންޓް އެސިސްޓެންޓްއެއްގެ ރޯލު އަދާ ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ކެރީބިއަންގެ ރަށްތަކުގައި ގަވާއިދާ ހިލާފަށް އަދި ވަގަށް ކުރާ މަސްވެރިކަމާާބެހޭ ގޮތުން ކުރި ދިރާސާއެއްގައި އިސް ރޯލެއް ކުޅެފައެވެ. ރޮބިން އަކީ ކޯސްޓަލް އަދި މެރިން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ބާބަޑޯސްގައި ހުންނަ ޔުނިވާސިޓީ އޮފް ވެސްޓް އިންޑީސްއިން މާސްޓާރސް ޑީގްރީ ހާސިލްކޮށްފައިވާ ފަރާތެކެވެ.
